Saturday, 15 June 2024

މާލެއިން ހަރުފައެއް ފެނިއްޖެ

ރާއްޖެއަށް ލަކުޑި އެތެރެކުރާ ޓިމްބާ ހައުސްގެ މާލޭ ވަޑާންގެއަކުން މިއަދު ހަރުފައެއް ފެނިއްޖެއެވެ.

އެގޮތުން މާފަންނުގައި ހުންނަ ވަޑާންގެއިން ހަރުފަ ފެނުނުކަން އެތަނުގައި މަސައްކަތް ކުރާ މީހަކު ކަށަވަރު ކޮށްދިން ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

ހަރުފަ ފެނުނީ ވަޑާންގޭގައި ހުރި ފިލާތަކެއްގެ ތެރެއިން ކަމަށާއި، އެއީ ބޮޑު ހަރުފައެއް ކަމަށާއި ހަރުފަ ފެނުމާއެކު ސިފައިންނަށް އެކަން ރިޕޯޓުކުރި ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ، އެ ހަރުފަ ވީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ހަރުފައިގެ ސަބަބުން ވަޑާންގޭގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އެ ހަރުފަ ގޯންޏަކަށް ލާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު