12 ފެބުރުވަރީ 2025

ލިވަޕޫލްއާއި އާސެނަލް މޮޅުވިއިރު ސިޓީ އެއްވަރު

އިންގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި އާސެނަލް ކުޅުނު މެޗުން މޮޅުވިއިރު މެންޗަސްޓަރ ސިޓީ އެއްވަރުވެއްޖެއެވެ.

ލިވަޕޫލް އާއި ބްރެންޓްފޯޑް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ 35 ވަނަ މިނެޓުގައި ޑާވިން ނުނޭޒްއާއި 55 ވަނަ މިނެޓުގައި މެކެލިސްޓާއާއި 68 ވަނަ މިނެޓުގައި މުޙައްމަދު ސަލާޙްގެ އިތުރުން 86 ވަނަ މިނެޓުގައި ކަޕްކޯއެވެ. ބްރެންޓްފޯޑަށް އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 75 ވަނަ މިނެޓުގައި އިވްނަޓޯނޭ އެވެ.

އާސެނަލްއިން އެޓީމުގެ މެޗު ބާންލީއާއި ދެކޮޅަށްކުޅެ ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެގޮތުން 4 ވަނަ މިނެޓުގައި އޮޑެގާޑުގެ ލަންޑުން ލީޑު ނަގައިދިން އިރު އެޓީމުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ލާމިޔާބުކޮށްދިނީ ސަކާއެވެ. އެއީ 41 ވަނަ މިނެޓުގައި ލިބުން ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑެއްގެ އިތުރުން 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑެކެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު 66 ވަނަ މިނެޓުގައި ޓްރޮސާޑް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހުލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ.

މެންޗަސްޓަރ ސިޓީއާއި ޗެލްސީ ކުޅުނު މެޗުގެ ފުރަތަ، ލަނޑު ޖަހާ ކުރިހޯދީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީ ޕޮއިންޓެއް ހޯދައިދިނީ ރޮޑްރީއެވެ.

މި ނަތީޖާއާއި އެކު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް 57 ޕޮއިންޓާއި އެކުއެވެ. އާސެނަލްއިން 55 ޕޮއިންޓާއި އެކު ދެވަނައިގައި އޮތްއިރު މި ދެޓީމަށްވުރެ އެއްމެޗު މަދުންކުޅެފައިވާ ސިޓީ އޮތީ 53 ޕޮއިންޓާއި އެކު ތާވަލުގެ 3 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު