ބަޔާން ޖެހިޖެހިގެން 3 މެޗުން ބަލި!

ޖަރުމަން ލީގުގައި ބަޔާންމިޔުނިޗް އަދި ބޯކަމް ބައްދަލުކުރި މެޗު 3-2 ގެ ނަތީއްޖާއަކުން ބޯކަމް ކާމިޔާބުކޮށްފިއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޖަމާލް މުސިއަލާގެ ގޯލާއި އެކު ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކަމް އިން ބަޔާން ކޮޅާށް ވަނީ 2 ލަނޑުޖަހާފައެވެ. ބޯކަމްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ 38 ވަނަ މިނެޓުގައި އަސާނޯ އާއި 44 ވަނަ މިނެޓުގައި ސްލޯޓަބެކްއެވެ.

ދެވަނަ ހާފުގައި ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ތަރްކާޑު ދައްކާ ބޯކަމްއަށް ޕެންލަޓީއެއް ވަނީ ލިބިފައެވެ. ޕެނަލްޓީ ގޯލަށް ފޮނުވާލާ ބޯކަމްއިން އެޓީމަށް ލީޑު ފުޅާކޮށްދިނީ 78 ވަނަ މިނެޓުގައި ސްޓޮގާއެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ބަޔާންގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހެރީކޭންއެވެ.

މިއީ ޖެހިޖެހިގެން ބަޔާން ބަލިވި ތިންވަނަ މެޗްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު