29 އެޕްރީލް 2025

500,000 ރުފިޔާގެ ސްކޭމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފުލެޓު ދޭނެކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު މީހެއްގެ އެކައުންޓުން 500,000 ރުފިޔާ ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވެފައިވަނީ، މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ 500,000 ރުފިޔާގެ ސްކޭމް މައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 17 ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ

މި މައްސަލާގައި ހައްޔަރުކުރީ ސ.ފޭދުއަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެތެރޭގައި މުދަލާއި ހަވާލުވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުގެ ސްނެޕްޝޮޓާއި ފައިސާ ދައުރުވެފައިވާ ގޮތުގެ ޗާޓު ހިމެނެއެވެ. އަދި އޭނާ ދިރިއުޅޭތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކަމަކު އޭނާ ބުނެފައިވަނީ މުދަލާ ހަވާލުވާން ގޮސްފައިވަނީ އޭނާގެ ބޭބެއެއް ބުނެގެން ކަމަށާއި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު