Saturday, 15 June 2024

ފުވައްމުލައް ސިޓީގެ 50 މަގެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަސައްކަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ދެކުނަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ފުވައްމުލައް ސިޓީޣެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.

އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ 50 މަގެއް ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ 225 މިލިއަން ރުފިޔާގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ޕްރޮޖެކްޓަކީ ސިޓީތަކުގެ މަގުތައް ހެދުމަށް ސަރުކާރުން ވެޑައިގެންފައިވާ ވަޢުދުގެ ދަށުން، ސިޓީއެއްގައި ފަށާ ފުރަތަމަ މަޝްރޫޢުއެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތުގެ ފުރަަތަމަ ފިޔަވަހީގެ މަސައްކަތް 2022 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު