ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިއްޖެއެވެ.
އެމްޓީސީސީއއިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 71.08 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.