"ދިވެހި ބަހަށް ފަރިތަ ޖީލެއް ބިނާ ނުކުރެވޭ ނަމަ މާދަރީ ބަހުގެ ދުވަހު ސަގާފީ ހެދުން ލުމުގެ މާނައެއް ނެތް"

ދިވެހި ބަހަށް ފަރިތަ ޖީލެއް ބިނާ ނުކުރެވޭ ނަމަ މާދަރީ ބަހުގެ ދުވަހު ސަގާފީ ހެދުން ލުމުގެ މާނައެއް ނެތް ކަމަށް ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

ޝައްމޫން ޖަލީލް މިއަދު ސޯޝަލް މީޑިޔާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ބަހަށް ފަރިތަ ޖީލެއް ބިނާ ނުކުރެވޭ ނަމަ މާދަރީ ބަހުގެ ދުވަހު ސަގާފީ ހެދުން ލުމުގެ މާނައެއް ނެތް ކަމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ދިވެހި ސަގާފީ ހެނދުން ލައި އުޅޭ ކަަމަށާއި، ދިވެހި ބަހުން ވާހަކަ ދައްކާކަށް ނޭނގޭ ކަމަށެވެ.

"ދެތިން ޖީލަށް ފަހު ރާއްޖޭގަ އުޅޭނީ ހުސް “ފަތުރުވެރިން”ނެވެ. ޒިންމާ އަކީ ހަމަ އެކަނި ސަރުކާރުތަކުގެ ޒިންމާއެއް ނޫނެވެ. މާދަރީ ބަހޭ ބުނެވެނީ، ޅަފަތުގަ އަމާ ގާތުން އުނގެނޭ ބަހަށެވެ. މައިންބަފައިންގެ ފަރާތުން ދަސްވާ ބަހެވެ. ދަރިންނާ ދިވެހި ބަހުން ވާހަކަ ނުދައްކާ މައިންބަފައިން އުޅެއެވެ. ދަރިފުޅު މޮޅު ނުވެދާނެ ކަމަށެވެ. މޮޅު ކަމަކީ މާދަރީ ބަހަށް ފަރިތަ ވުމާ އެކު، އެހެން ބަސް ބަސް އެނގުމެވެ." ދިވެހި ޘަޤާފަތާއި ތާރީޚު ދިރާސާކުރެއްވުމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ލޫކަސް ޖަލީލް ވިދާޅުވެފައިވެއެވެ.

ލޫކަސް މިހެން ވިދާޅުވެފައިވާއިރު، މިއަދަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަސްކަމަށްވުމުން ސްކޫލުތަކުގައި މިދުވަސް ފާހަގަކުރެއްވުމަށް، ދަރިވަރުންނާއި މުދައްރިސުން ދިވެހި ހެދުން އަޅައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދަވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސަތޭކައިގެ ވާހަކައެއް، އަޅުގަނޑު އަބަދުމެ ހައިރާންވާން ޖެހޭކަމެއްމީ، އަދި ކޮންމެ މާދަރީ ބަހުގެ ދުވަހެއްގައި ނުހަނު ވިސްނޭ ކަމެއްމީ. ދިވެހި ސަގާފީ ހެދުމާއި މާދަރީ ބަހުގެ ދުވަހާ ހުރިގުޅުމެއް ހަމައެއްގޮތަކަށްވެސް އަޅުގަނޑަކަށް ފަހުމެއްނުވޭ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު