ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާދިނުމުގައި ގެންގުޅޭ އުސޫލު އާންމު ކޮށްފި

ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ދޭ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރުކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އާންމު ކޮށްފިއެވެ.

އެންސްޕާ ގެ ސީއީއޯ ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ މިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އަދި މި އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ހިދުމަތް ލިބޭގޮތަށް ކަމަށާއި އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގްބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަރ ސެންޓަރެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

މި އުސޫލުގެ ދަށުން އެހި އަށް އެހީއަށް އެދުމުގެ ފުރުސަތު 15 މާރޗް އިން ފެށިގެން ހުޅުވާލާނޭކަމަށް އެންސްޕާ އިން ބުނެއެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު