18 ޖަނަވަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާނެ ކަމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ: ރައީސް

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާނެ ކަމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ “އަހާ” ޕްރޮގްރާމުގައި އާންމުންގެ މީހެއްގެ ސުވާލަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ހުރިހާ ވައުދެއް ފުއްދާނެ ކަމަށެވެ. އަދި ވެރިކަމަށް ތިން މަސް ނުވަނީސް ބަޔަކު، އެމަނިކުފާނުގެ މަސައްކަތާއި މެދު ނުވަތަ މިހާތަނަށް ފުއްދުނު ވައުދުތަކާއި މެދު ސުވާލު އުފެއްދި ނަމަވެސް އެފަދަ ގޮތަކަށް ނިޔަތާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުވި ހުރިހާ ވައުދެއް ފުއްދަމުން މި ދަނީ.. ބޭރުގެ ސިފައިން ފޮނުވާލުމަށްޓަކައި، އެ އޮންނަ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އިންޑިއާގެ ސަރުކާރާ ފުރަތަމަ ދުވަހު ވެސް ވާހަކަ ދައްކަން ފަށައި، ހަމަ އެ ޕްރޮސެސް ކުރިޔަށް ގެންގޮސް، މިހާރު އެ އޮތީ އިންޑިއާގެ ދެވަނައަށް ބޭއްވުނު ބައްދަލުވުމުގަ މިނިޓްސް އޮފް މީޓިންއަކަށް އެއްބަސްވެވި، ތާރީހުތަކަށް އެއްބަސްވެވި، އެ މިނިޓްސްގަ، އިންޑިއާގަ ސޮއިކޮށްފަ، ފަހުން އައިސް އެ މިނިޓްސް އޮފް މީޓިންގްސްގަ ކަނޑައެޅި ލެޓާ އޮފް އެކްސްޗޭންޖްގަ ވެސް ކަނޑައެޅި ގޮތަށް އެ އޮތީ، މިހާރު ދެ ގައުމުން ސޮއިކޮށްފަ.. އޭގަ އޮތީ ތާރީހުތައް ވެސް ކަނޑައަޅާފައި.. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވިދާޅުވީ އިންޑިއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށާއި، އެގޮތުން އޭގެ ދަށުން އިންޑިއާގެ ވެސް ސިފައިން ގެންދަން ދެކޮޅު ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށް މަޝްވަރާ ފެއްޓެވިކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ރިޔާސީ ވައުދާއި އެއްގޮތަށް އެ މަސައްކަތް ފަށައި ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ. އެއީ މާޗު މަހުގެ 14 އަދި، މޭއި މަހުގެ 10 ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު