ޣައްޒާ: އިސްރާއީލުން ދިން ޙަމަލާތަކުގައި މިހާތަނަށް 132 ނޫސްވެރިޔަކު މަރާލައިފި

ޣައްޒާގައި އިސްރާޢީލުން ހިންގަމުންދާ ޢުދުވާނުގައި، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި، 132 ނޫސްވެރިޔަކު މަރާލައިފިއެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން އިއުލާން ކުރި ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން 132 ނޫސްވެރިންނަށް އަމާޒުކޮށް މަރާލާފައިވެއެވެ.

އެންމެ ފަހުން މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފޮޓޯޖާނަލިސްޓް މުހައްމަދު ޔާގީ "އަބާ ޓެޝްރީން" ހުކުރު ދުވަހު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއެކު ޝަހީދުކޮށްލާފައިވަނީ، ޣައްޒާގެ މެދުތެރޭގެ އަލް އަގްސާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހިންގި ގަތުލުއާންމެއްގައެވެ.

އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން، ފަލަސްތީނާއި ބައިނަލްއަގްވާމީ މީޑިއާތަކުން މެދުނުކެނޑި އެމީހުން ހިމާޔަތް ކުރުމަށް ގޮވާލަމުންދެއެވެ. ނަމަވެސް، އިސްތިއުމާރީ އިސްރާޢީލުން އެ ހުރިހާ ގޮވާލުމަކަށް ދެކޮޅުހަދައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުރިއަށް ގެންދަނީ އެއްވެސް ބެލުމެއް ނެތިއެވެ.

ޣައްޒާގެ ނޫސްވެރިންނަށް ކުރިމަތިވެފައިވަނީ ޣައްޒާގެ އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ބޮން ގޮއްވުމާއި، މުވާސަލާތާއި ކަރަންޓް ކެނޑުމާއި އަދިވެސް ބިރުވެރި އެތަކެއް ނުރައްކާތެރި ކަންކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު