ހުޅުމާލޭގައި ފުޓްސަލް އަދި ނެޓުބޯޅަ ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި، މުޖުތަމައުގައި ކުޅިވަރާއި، ދުޅަހެޔޮ ސިއްހަތަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، ހުޅުމާލޭގައި ފުޓްސަލް އަދި ނެޓުބޯޅަ ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމަށް މިއަދު މިވަނީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައެވެ.
މިއެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަފީޤެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެވެ.
މުޖުތަމައުގައި ކުޅިވަރާއި، ދުޅަހެޔޮ ސިއްހަތަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، ހުޅުމާލޭގައި ފުޓްސަލް އަދި ނެޓުބޯޅަ ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް މިއަދު މިވަނީ އެއްބަސްވުމެއްގައި ސޮއި ކުރެވިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ… pic.twitter.com/AzXT8q8z73— Housing Development Corporation (@hdcmaldives) February 24, 2024
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.