’ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާޙުކޮށްފި

ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތަކަށް ޚާއްޞަ 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.
ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައަކަށް ބާރުއެޅުމަށް އެހީވެދޭ މުހިންމު 'ފިޓް މޯލްޑިވްސް' އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މަރިޔަމް ވަހީދާއެވެ.
’ފިޓް މޯލްޑިވްސް' އެޕްލިކޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ އެކި ދާއިރާގެ ހިދުމަތްތެރިންގެ އިތުރުން، ފިޓްނަސް ސެންޓަރުތައް ހިންގާ ފަރާތްތަކުންވެސް ބައިވެރިވިއެވެ.
މިއަދު ނެރުނު އެޕްލިކޭޝަންގައި ކެއުމުގެ ޕްލޭންތަކާއި، ކަސްރަތުގެ ތަފްސީލްތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ޓްރެއިނަރުންގެ ތަފްސީލްތައްވެސް ހުންނާނެ އެވެ. މިގޮތުން ކުޅިވަރާއި ކަސްރަތުގެ ރަނގަޅު އާދަތާކާއި، ރަނގަޅު ގޮތްތަކާއި، ކަސްރަތު ތާވަލާއި، އެހެނިހެން އިލްމީ މައުލޫމާތުވެސް ހިމެނިފައިވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ