7 ފެބުރުވަރީ 2025

ސާރފް ބޯޑުން ނަގާ ފީ ޤައުމީ އެއާލައިންއިން ކުޑަކޮށްފި

ރާޅާ އެޅުމަށް ބޭނުންކުރާ ސާރފް ބޯޑު އުފުލުމަށް މޯލްޑިވިއަނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޤައުމީ އެއާލައިންއިން އެކަމަށް ނަގާ ފީ ކުޑަކޮށްފިއެވެ.

މިކަމަށް ޙައްލެއް ގެނެސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި ދެކުުނުގެ 4 އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރާޅާ އެޅުމަށް ބޭނުންކުރާ ސާރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިންއިން ނަގާ ފީ ބޮޑުވެގެން އެ ޝަކުވާ ޒުވާނަކު ރައީސަށް ހުށަޙެޅުއްވުމެވެ.

އެގޮތުން، ރާޅާއެޅުމުގެ ހަރަކާތްތައް ހިންގުމުގައި އުޅޭ ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ރައީސަށް ދެންނެވި ސާރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިންއިން ނަގާ ފީ ބޮޑުކަމަަށެވެ. އަދި ފީ ބޮޑުކަމުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށްވެސް އަހުމަދު ރަޝީދު ރައީސަށް ދެންނެވިއެވެ.

މިކަމާބެހޭގޮތުން އަޙްމަދު ރަޝީދު ދެންނެވި ސުވާލަށް ހަމަ އެވަގުތު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްމީދީ ޖަވާބެއް ދެއްވާފައެވެ. ސާރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިންއިން ނަގާ ފީ ބޮޑުކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވަމުން، އަޙްމަދު ރަޝީދަށް ރައީސް ދެއްވީ، ސާރފް ބޯޑު އުފުލުމަށް ނަގާ ފީ ކުޑަކުރައްވާނޭކަމުގެ ޔަޤީންކަމެވެ.

އެގޮތުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދުން ނަގާ ފީ ކުޑަކުރުމަށް ނިންމެވިކަން ޤައުމީ އެއަރލައިންއިން މިހާރު ވަނީ ހާމަކުރައްވާފައެވެ.

ފީ ކުޑަކުރެއްވުމަށްފަހު  ޤައުމީ އެއަރލައިނުން ވިދާޅުވީ، ރާޅާ އަޅާ ކަނދުގެ ތެރެއިން ބޮޑެތި ކަނދު ތަކުން ނަގާ ފީ 33 އިންސައްތަ ކުޑަކޮށްފައިވާކަމަށެވެ. އަދި ކުދި ކަނދުން ނަގާ ފީ 66 އިންސައްތަ ކުޑަކޮށްފައިވާކަމަށްވެސް ޤައުމީ އެއަރލައިނުން ހާމަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު