Thursday, 20 June 2024
ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި

ސްޓެލްކޯގެ ހިންގުމުގެ ތާރީޚުގައި ކުންފުނީގެ ބޯޑު ބައްދަލުވުމެއް ހެޑް އޮފީހުން ބޭރުގައި

ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި އިއްޔެ ބާއްވައިފިއެވެ. މިއީ ސްޓެލްކޯގެ ތާރީޚުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ސްޓެލްކޯ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯއިން ވިދާޅުވި ގޮތުގައި، ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް އިއްޔެ ދަތުރު ކުރެއްވިއެވެ. އަދި ކުންފުނީގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުށީ އިންޖީނުގޭ އޮފީހުގައެވެ.

ސްޓެލްކޯގެ ބޯޑުގެ ބައްދަލުވުމެއް ކ. ހިންމަފުށީގައި ބޭއްވުމަށްފަހު

މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އާއި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމުގައި ސްޓެލްކޯއިން ވިދާޅުވިއެވެ.

މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު