ރައީސް ނަޝީދު ވަކިކުރެއްވުމުން، މަޖިލިސް ރައީސްކަން ކުރައްވާ މުޙައްމަދު އަސްލަމް

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާ ގޮތަށް ނިންމައިފި

މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްދާހެން ހަފްތާއަކު 3 ދުވަހު ގަވާއިދުން ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މިގޮތަށް ނިންމީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. ޒިޔާއު ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މިގޮތަށް މަޝްވަރާކުރެވި ކޮންމެ ދުވަހަކު ޖަލްސާ ނުބާއްވާ ގޮތަށް އެބޭފުޅުން އިއްތިފާގު ވެވަޑައިގަތް ކަމަށެވެެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނާނީ ބުދަ ދުވަހުގައި ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ ޖަލްސާތައް ދެން ބާއްވާނީ ކޮން ތަރުތީބަކުން ކަމެއް އަދި މި ނިންމުން މިގޮތަށް ނިންމި ސަބަބެއްވެސް އޭނާ ހާމަކޮށްފައި ނުވެއެވެ.

މީގެކުރިން އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފްތާއަކުވެސް ބާއްވަމުން ދިޔައީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުންނަމަ މަޖިލީހުގެ ޕީޖީ ގްރޫޕްތަކުގެ ލަފާގެ މަތިން މަޖިލިސް ހިންގާ ދުވަސްތަކަށް ބަދަލު ގެނެވިދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ