އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމާއި ޕާޓީގެ އުސޫލުތަކާއި ނިންމުމާއި ޕީޖީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކުރަނީ

މަޖިލިހަށް ހޮވިއްޖެނަމަ އެމްޑީޕީގައި ދެމިތިބުމަށް ހުވާ ކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން އެ ޕާޓީގައި ދެމިތިބުމަށް ކެންޑިޑޭޓުން ހުވާ ކޮށްފިއެވެ.

އެމްޑީޕީގެ މަޖިލީސް ކެމްޕެއިން "މިސްރާބު ހަމަ މަގަށް" ކެމްޕެއިން ފެށުން އޮތީ ރޭ އާޓިފިޝަލް ބީޗުގައެވެ. އެ ޖަލްސާގައި ފުރަތަަމަ ކަމަކަށް އޮތީ އެމްޑީޕީގެ ޓިކެޓްގައި މަޖިލީސް ވިހީގައި ވާދަ ކުރާ ކެންޑިޑޭޓުން ތައާރަފު ކުރުމެވެ.

އެއަށްފަހު، ހުރިހާ ކެންޑިޑޭޓުން ވަނީ ހުވައެއް ކޮށްފައެވެ. އެ ހުވާގައި ވަނީ، އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމާއި ޕާޓީގެ އުސޫލުތަކާއި ނިންމުމާއި ޕީޖީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. މިކަމަށް ޚާއްސަކުރެވިފައިވާ ހުވައިލައިދެއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

އަންނަ ،މާރިޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އެމްޑީޕީން 90 ކެންޑިޑޭޓުން ވާދަކުރެއެވެ. ރޭގެ ޖަލްސާ ގައި އޭގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު ނޫން ހުރިހާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ. އެ ކެންޑިޑޭޓުން ހުވާ ކުރައްވާނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަ ނުކުރަނީ ވ. ފެލިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާގެ އިތުރުން ފުވައްމުލަކު ސިޓީ އުތުރު ދާއިރާ އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު