18 ޖަނަވަރީ 2025

އިސްރާއީލުން ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި 100އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލައިިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ސިފައިން ޣައްޒާގައި އެހީގެ އިންތިޒާރުގައި ތިބި 100އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލައިިފިއެވެ.

ބުރާސްފަތި ދުވަހު މީޑިޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް ރަޝީދު ގޯޅީގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހިންގި ގަތުލުއާންމެއްގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ޣައްޒާގެ އުތުރުގައި އެހީގެ ޕެކޭޖުތަކުގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާގައި ދިހަ މީހުން ޒަޚަމްވިއެވެ. އިސްރާއީލުގެ އާމަރޑް ވެހިކަލްތަކާއި ޓޭންކްތައް ވެސް ބައެއް ޝަހީދުންގެ ހަށިތަކުގެ މަތީގައި ދުއްވާފައިވާ ކަމަށް ވެސް ޚަބަރުލިބެއެވެ. އަނެއް ބަޔަކު ވަނީ އެ ސަރަހައްދުގައި ތިބި އާންމުންނާ ދިމާއަށް އަލިފާން ބޯޅަ އުކާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ އެތައް ސަތޭކަ އާންމުން ބަންދުކޮށްފައެވެ. އިސްރާއީލު ސިފައިން ވަނީ އަލް ޒައިތޫން ސަރަހައްދުގައި ދިރިއުޅޭ ބައެއް އިމާރާތްތަކަށް ބޮން އަޅައި، ބައެއް ގެތައް ބިމާ ހަމަކޮށްފައެވެ.

އަދި ޣައްޒާގެ ހުރިހާ ސިޓީތަކާއި ގުޅުވައިދޭ ސަލާހު އަލް ދީން މަގުގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ ކަމަށާއި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން، އަލްޒައިތޫންގައި، ކުއްލި ހާލަތުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައި ކަމަށް ވެސް ބައެއް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު