15 ޖަނަވަރީ 2025
ނ. މާފަރު

މާފަރު ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީއަށް

ނ. މާފަރު ކައުންސިލްގެ ކައުންސިލްގެ ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އިންތިޚާބުވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހަމަޖެހިފައި އޮތީ އަންނަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ.

ނަމަވެސް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓް ނ.މާފަރު/ވައިލެޓް އާސިޔަތު ޢަލީ އެކަނި ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާފަރު ކައުންސިލުގެ އަންހެން މެންބަރުކަމަށް އާސިޔަތު އިންތިޚާބުވެއްޖެކަން އެ ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު