Wednesday, 19 June 2024

އަންނަ މަހު 21 ގައި މަޖިލިސް އިންތިޚާބު ބާއްވާތީ ޞާލިޙް ކަންބޮޑުވެއްޖެ

އަންނަ މަހު 21 ގައި ރައްޔިތުން މަޖިލީހުގެ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލިހުގެ އިންތިހާބަށް މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި، ސަރުކާރުގެ ރަސްމީ ބަންދު ނޫން ދުވަހެއްގައި އެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީއެވެ.

އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލިހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަސްދީގު ކުރެއްވުމާ އެކު، އިލެކްޝަންސް ކޮމިޝަނުން ފަހުން ކަނޑައެޅީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހު އެ އިންތިހާބު ބާއްވާށެވެ. އެ ކޮމިޝަނުން ވިދާޅުވެފައިވަނީ، ޤާނޫނުގައި ބުނާ ތާރީޚުތަކަށް ކަންކަން ފެއްތުމުން މަޖިލިސް އިންތިޚާބު އެންމެ އަވަހަށް ބޭއްވޭނީ އެ ތާރީޚުގައި ކަމަށެވެ.

މަޖިލިސް އިންތިޚާބު ފަސްކުރުމުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ މި މަހުގެ 17 ވާ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބާއްވާށެވެ.

އީސީގެ އެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް ޞާލިޙް ރޭ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކުގައި އިންތިޚާބުތައް ބާއްވަނީ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށެވެ.

މަޖިލިސް އިންތިހާބު ރޯދަމަހާ ދިމާވާތީ، އެ އިންތިހާބު ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމުގެ ބިލް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި ނަމަވެސް ޞާލިޙް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ބާރު ފޯރުވައި އަދިވެސް ގެންދަނީ ސަރުކާރުގެ ރަސްމީ ދުވަހެއްގައި ވޯޓުލުން ބާއްވަން މަސައްކަތް ކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވަން އުޅުއްވާ ކަމަކީ ރާއްޖޭގައި ހުދުމުހުތާރުކަން އަނެއްކާވެސް ގާއިމް ކުރެއްވުން ކަމަށެވެ. އެހެންވެ، އެ ކަމާ ތިބެން ޖެހޭނީ ވިސްނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނެތެންނު ރަނގަޅުގޮތެއް! ރޯދަމަހެއް ކަމަކު ނުދިޔަ! އެދުވަސް ބަންދުކުރީމަ ނިމުނީ އެންނު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު