29 އެޕްރީލް 2025

އީ–ވޮލެޓު ތަޢާރަފްކޮށް، ދިވެހިންނަށް މަންފާ ލިބޭނެ އިންތިޒާމު މި ސަރުކާރުން ހަމަޖައްސާނެ: އިޙްސާން

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖެއަށް އީ–ވޮލެޓު ތަޢާރަފްކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައިގެން ދިވެހިންނަށް މަންފާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ޔޫތު ހެކަތޯނަކީ ދިވެހި ޒުވާނުން އައު އީޖާދުތައް އުފައްދާ، ނެޓްވޯރކު ކުރުމާއި، މައުލޫމާތު ބަދަހިކޮށް އަދި އައު ޚިޔާލުތަކާއި ހައްލުތައް އުފެއްދުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އިޖާދީ ޚިޔާލުތަކަކީ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތަކެއް ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ، ތިބޭފުޅުންނަށް އީ-ވޮލެޓު ތައާރަފްކޮށްދީ، ބޭރުގެ ފަރާތްތަކަށް ސަރވިސްތައް ވިއްކައިގެން އެ ލިބޭ މަންފާ، ފައިނޭންޝިއަލް ބެނިފިޓު ޑައިރެކްޓްލީ ޖީބަށް އާދެވޭނެ މެކޭނިޒަމްތައް ވީ އެންމެ އަވަހަކަށް ތައާރަފްކުރުން، އެމަސައްކަތްދަނީ ކުރެވެމުން، ޕޭޕާލް ފަދަ ސަރވިސްތައް މެދުވެރިކޮށް ސަރވިސްތަކަށް ޕޭމަންޓު ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ޓެކް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަންހެނުން ގިނަކަން ފާހަަގަކުރައްވަމުން، މި ހެކަތޯންގައިވެސް ބައިވެރިވެފައިވާ އަންހެނުން ގިނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ކަންކަމާއި މެދު ވިސްނާ ތަފާތު އެކި ގޮތްގޮތަށް ކަންތައް ކުރެވޭނެ ގޮތްތައް ހޯދާ އިޖާދީ ބަދަލުތައް ގެނައުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމުކަމަށެވެ.

10 ޓީމަކާއެކު ކުރިއަށްދާ މި ހެކަތޯނުގެ އެއްވަނައަށް އަންނަ ޓީމަކަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު