25 ޖަނަވަރީ 2025
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ކެބިނެޓް ވަޒީރުން ޢައްޔަންކުރެއްވުން, ފޮޓޯ: ފިޔަ

ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންނަށް ސްޓައިޕެންޑެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ދެނީ

ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަން އަތޮޅުތަކުން މާލެ އައިސް ތިބި ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދަށް ސްޓައިޕެންޑެއްގެ ގޮތުގައި، މަހަކު 6،000 ރުފިޔާ ދޭން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވުމަށް، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ހިލޭ ޑިގްރީގައި ބައިވެރިވެގެން ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކުރަން ޖެހޭ ހަރަދަށް ލޯނުގެ ތެރެއިން ސްޓައިޕެންޑެއް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ސްޓައިޕެންޑްގެ ގޮތުގައި ފައިސާ ދޫކުރާނީ ދަރިވަރުން އެކަމަށް އެދުމުންނެވެ. ލޯނެއްގެ ގޮތުގައި ދޫކުރާ މި ފައިސާ އަނބުރާ ދައްކަންޖެހޭނީ ކޯސް ނިމޭތާ ހަ މަސް ފަހުން ކަމަށް މިނިސްޓްރީން ބުނެ އެވެ. ސްޓައިޕެންޑެއް ދޭން ނިންމީ ވަރަށް ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކުރީ ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ދަށުން 6،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސްޓައިޕެންޑެއް މިއައް ކިޔާނެ ދިވެހިނަމެއް ރަދީފުގަ ނެތީތަ؟ ދިވެހި ސަރުކާރުގެ މިނިސްޓްރީތަކުންވެސް ހުރިހާ ދިވެހިންނަށް ފަސޭހަވާނެ އިބާރާތަކުން ލިޔެކިއުން ގެންގުޅެންވެއްޖެ އެއްނޫންތަ؟ ކޮންމެސް ކުއްޖަކު ކާފައަށް މިކިޔާއެއްޗެއް ތަންކޮޅެއް ތަފުސީލުކޮށް ބުނެލަދީބަލަ؟

  2. ނަމުގައި ހިލޭ. ޢެކަމަކު އަތުން ދައްކަން ޖެހޭވަރު ސަރުކާރުން ދައްކައިދޭ ވަރަށްވުރެ ދެގުނަ ބޮޑު. މީ އަޅުގަނޑު ބެލެނިވެރިއެއްގެ ހައިސިއްޔަތުން މިކަން މިހާރުވެސް ތަޖުރިބާ ކުރަމުންދާ ކަމެއް. މިއަށް ހިލޭ ޑިގުރީ ކިޔާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ.

  3. ތިފައިސާ ދޭންވީ ހިލޭ. ފައިސާ ދޭންވާނީ އަސާސީ ބޭނުންތައް ފުއްދާފަ ބާކީ ކުރެވޭވަރަށް އާއިލާގެ ތަނަވަސްކަން ނެތް ކުދިންނަށް. ކިޔަވަމުންދާކުދިން ކިޔަވާނިމުމުން ވަޒީފާގެ ރައްކާތެރިކަމާއިއެކު ވަޒީފާ ލިބޭނެ ގޮތަށް އަމިއްލަވިޔަފާރިތައް ކުރިއަރުވަންޖެހޭ.

  4. އަހަރުމެން އަމިއްލައަށް ހަރަދު ކޮއްގެން ކިޔެވީ. ލާރި ޖަމާ ކުރޭ. ދެން ޑިގްރީއަށް އެކަނި ދިނީމަވެސް ވޭތަ؟ ކޮބާ މާސްޓަރސް؟ ގޮތެއް ނޫންތީކީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު