29 އެޕްރީލް 2025
އިންޑިޔާގެ ބޮޑު ވަޒީރު މޯދީއާއި އިސްރާޢީލުގެ ބޮޑުވަޒީރު

އިންޑިއާގެ ބަނދަރުގެ މަސައްކަތްތެރިން އިސްރާއީލަށް ފޮނުވާ ހަތިޔާރު ޝިޕްމަންޓްތައް ލޯޑް ކުރަން ދެކޮޅު ހަދައިފި

އިންޑިއާގެ ބަނދަރު މަސައްކަތްތެރިން އިސްރާއީލަށް ފޮނުވާ ހަތިޔާރު ޝިޕްމަންޓްތައް ލޯޑް ކުރަން ދެކޮޅު ހަދައިފިއެވެ.

ފަލަސްތީނުގެ 30،000 އަށް ވުރެ ގިނަ މީހުން، އިސްރާއީލުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޢުދުވާނާ ގުޅިގެން، އިސްރާއީލުގެ ހަތިޔާރު ޝިޕްމަންޓްތައް ލޯޑް ކުރަން އިންޑިޔާގެ ބަނދަރުގެ މަސައްކަތްތެރިން ދެކޮޅު ހަދައި، ހަނގުރާމަ ހުއްޓާލުމަށް، މިދިޔަ މަހުގެ 18 ވަނަ ދުވަހު ގޮވާލާފައިވާ ކަމަށް ނިއު އެރަބް ނޫހުގައި ވަނީ ބުނެފައެވެ.

މި މަސައްކަތްތެރިންގެ އިހްތިޖާޖު ލީޑުކޮށްފައިވަނީ، ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ (މާކްސިސްޓް) އާއި ގުޅިފައިވާ ގައުމީ ފެންވަރުގެ ޓްރޭޑް ޔޫނިއަންއެއް ކަމަށްވާ ސެންޓަރ އޮފް އިންޑިއަން ޓްރޭޑް ޔޫނިއަންސް (ސީއައިޓީޔޫ) އިންނެވެ.

އިންޑިޔާ ޕޯޓުގެ މަސައްކަތްތެރިން، ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަން ދައްކާލުމަކީ އިންޑިއާ ސަރުކާރުން އިސްރާއީލާއެކު، ގާއިމްކޮށްފައިވާ ގުޅުމަށް ދިން ވަރުގަދަ ރައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ ޑިސެމްބަރު މަހު ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގޮވާލަމުން ގޮސްފައިވެއެވެ. ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ކަނާތު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިރުޝާދުގެ ދަށުން، ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ބޭނުންވާ އަސްކަރީ ސާމާނު އެންމެ ގިނައިން އެކްސްޕޯޓް ކުރާ ޤައުމަކީ އިންޑިޔާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަނދަރުގެ މަސައްކަތްތެރިންގެ ބޮއިކޮޓަކީ ހަމައެކަނި ސަރުކާރާ ދެކޮޅަށް ހިންގާާ ދެކޮޅުވެރިކަމުގެ އަމަލެއް ނޫނެވެ. ނަމަވެސް އެއީ އިސްރާޢީލުގެ އިސްތިޢުމާރުގެ ވަކިތަކާ ދެކޮޅުކަން ދައްކަައި ފަލަސްޠީނުގެ ރައްޔިތުންނާއެކު އެބައިމީހުން ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރި އިޙްތިޖާޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި އިސްރާއީލާ ދެމެދު އޮތް ގާތް ގުޅުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. ހިންދޫ ދީނާއި ޒަޔަނިޒަމް އާއި ދެމެދު ސާފު ފިކުރީ ގުޅުންތަކެއް އެބަހުރި" ދި ނިއު އެރަބު ނޫހުގައި ލިއުއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު