އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު މިއަހަރުގެ ތެރޭގައި ގާއިމުކުރަނީ

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަނގޮޅިތީމު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތް އަވަސްކުރުމާއި، ޓީޖެޓީއެއް އަދި މޫދަށް އެރޭނެ ސަރަހައްދަށް ތަރައްޤީކުރަން ބޭނުންވާކަމަށާއި ހެލްތު ސެންޓަރުގެ ޚިދުމަތް 18 ގަޑިއިރަށް އިތުރުކުރަން އެދުން ހިމެނެއެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ހޭންޑް ބޯލްކޯޓާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައްކުރުމަށް ލިބޭ ބަޖެޓު ކުޑަކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު