ރައީސުލްޖުމްހޫރިއްޔާ، ބ. ދޮންފަނުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ބ. ދޮންފަނު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ވަނީ ދޮންފަނު ރައްޔިތުންނަށް ޕިކްނިކު ދެވޭނެ ރަށެއް ހަމަޖައްސައިދިނުމައި ބޯހިޔާވަހިކަމަށް ބިން އިތުރުކުރުމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ލެބޯޓްރީގެ ޚިދުމަތް ބޭނުންވާކަމަށާއި ފެނާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގައި އިތުރު މެޝިނަރީ ބޭނުންވާކަމާ އަދި ގޯތިދިނުމުގެ ކަންކަން ފަހިކުރަންބޭނުންވާކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ކަމާގުޅުންހުރި އިދާރާތަކުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު