Saturday, 15 June 2024

ރައީސުލްޖުމްހޫރިއްޔާ ބ. މާޅޮހުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. މާޅޮހުގެ ތަރައްޤީގެ މުހިންމު ކަންކަމާގުޅޭގޮތުން އެރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ އިޚްތިޞާސް ކަނޑައެޅިއިރު ހިބަޅިދޫ ހިމެނޭ ނަމަވެސް އެރަށް ކައުންސިލަށް ނުލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ބަނދަރާ ގުޅިގެން ބޭނުންވާކަންކަމާއި ގިރާސަރަޙައްދު ހިމާޔަތްކުރުމާއި މާޅޮސް ސްކޫލު ރަށުގެ އެހެން ސަރަޙައްދަކަށް ރީލޮކޭޓް ކުރަން ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމާގުޅޭ ފަރާތްތަކުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު