ދާޚިލީ ވަޒީރު ޢަލީ އިޙްސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ، ފޮޓޯ: ހޯމްް މިނިސްޓްރީ

އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކު ނިމިދިޔަ ސަރުކާރުން ދޫކޮށްލާފައިވޭ

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކު ނިމިދިޔަ ސަރުކާރުން މައާފް ދިނުމަށްފަހު ޖަލުން ދޫކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއަޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ކުށްކުރާ މިންވަރު ގިނަވަމުންދާއިރު، އެކަމުގެ މައިގަނޑު ސަބަބަކީވެސް މަސްތުވާތަކެތިކަން ފާހަގަކޮށްފައިވެއެވެ.

ވަޒީރު އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލެވެނީ ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. އެގޮތުން މީހެއްގެ މައްޗަށް ޑަރަގް ޓްރެފިކް ކުރި ކަމުގެ ތަހުގީގުނިމި، ދައުވާކޮށް، އެތައް ދުވަހެއްގެ ކޯޓް މަރުހަލާގެ ތަހުގީގެއް ގޮސްގެން ނޫނީ ޝަރީއަތުން މީހެއްގެ މައްޗަށް އެފަދަ ކުށެއް ސާބިތު ނުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިނިވަންްކުރުމަކީ ކުށްމަދުކުރުމަށް އެޅިފައި އޮތް ހުރަހެއްގެ އިތުރުން، ވައްކަމާއި ފޭރުމުގެ މައްސަލަ ތަކުގައިވެސް ގިނައިން ހަރަކާތްތެރިވެ އުޅެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކައެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބޮޑެތި ކުށްވެރިން ޖަލަށްލީނަމަވެސް އެމީހުން ޖަލު ދޫކޮށްލާ މަންޒަރު ފެންނަކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައި ތިބި 300 އަށްވުރެ ގިނަ މީން ފާހަގަކުރައްވައި، ހުން މިދިޔަ 5 އަހަރު ތެރޭގައި މައާފްދިނުމަށްފަހު ޖަލުން ދޫކޮށްލާފައިވާކަން ވަޒީރު ވިދާޅުވިއެވެ.

"މިގޮތަށް ދޫކުރެވިފައި ތިބި މީހުން ތަކުރާރުކޮށް އަނެއްކާ ފެންނަމުންދާކަން ފާހަގަކުރަން. 314 މަސްތުވާތަކެތީގެ ޓްރެފިކް ކުރާ މީހުން އާންމު މުޖްތަމައަށް ދޫވެގެން ދިއުމަކީ މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރަން އަންނަ ވަރަށް ބޮޑު އުނދަގުލެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުމަށް ކުރާ މަސައްކަތުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެވޭނެ ސެންޓަރުތައްވެސް އެކި ކަންކޮޅުތަކުގައި ދަނީ ޤާއިމްކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ