Saturday, 22 June 2024
އެމްޓީސީސީ ބިލްޑިންގ

އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ އެބައޮތް!

އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށް އެމްޓީސީސީއިން ހާމަކުރައްވައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ޒިޔާދު ވިދާޅުވީ ވޭތުވެދިޔަ އައު މެނޭޖްމަންޓުން ކުންފުންޏާއި ހަވާލުވިއިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިކަމަށެވެ. އަދި ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައިވެސް ކުރީގެ މެނޭޖްމެންޓުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި ހިންގުމުގެ ހަރަދުތައްވެސް ވަރަށް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ބައެއް މަޝްރޫޢުތައް ހިންގުމަށް މިދިޔަ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށްކަމަށާއި، ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބާޖުތައް ކުއްޔަށް ނަގާފައި އެބަހުރި. ތިން އަހަތަރު ވިއިރު ބާޖުގެ އަގު އެބަހުރި ޖެހިފައި ކުލިން." ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި 5 ޑްރެޖަރު އޮތް ނަމަވެސް ރަނގަޅަށް މަސައްކަތްކުރަނީ އެންމެ ޑްރެޖަރެއް ކަމަށާއި، ދެން ހުރި ޑްރެޖަރުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށާއި، އަދި 5 ބާޖެއްގެ ތެރެއިން 3 ބާޖެއްވެސް އޮތީ ފެތިފައިކަމަށް ޒިޔާދު ވިދާޅުވިއެވެ.

ބާޖުގެ ދަތިކަމާއި ލޭންޑިން ކްރާފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް ލޯނެއް ނަގައިގެން މަސައްކަތްކުރަމުން އަންނަކަމަށާއި، ކުންފުނީގެ އާމްދަނީ ރަނގަޅުކޮށް، ކުންފުނި ކޮޅަށްޖެހުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެމްޓީސީސީގެ ސީޢީއޯ ވިދާޅުވިއެވެ.

މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝައަލް އޮފިސަރ ހުސައިން މުހަންމަދު މަނިކް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރު ނިމުނުއިރު އެކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށެވެ. އަދި ދަރަނީގެ ގޮތުގައި އެކި ފަރާތްތަކުން 800 މިލިއަން ރުފިޔާ ނަގާފައިވާއިރު، އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުންފުނީގެ ރިސީވެބަލްސް އުޅެނީ 1.7 ބިލިއަނުގައި. ކުންފުނީގެ ޕޭބަލްސް އުޅެނީ 954 މިލިއަނުގަ. އަދި ކުންފުނީގެ ބޮރޯއިންގސް އުޅެނީ 800 މިލިއަނުގައި. އަޅުގަނޑުމެން މިދަނީ މިހުރިހާ ޗެލެންޖަސްތަކަކާވެސް ކުރިމަތިލަމުން." ހުސައިން މުހަންމަދު މަނިކް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިއަކަން ރަގަޅުކުރެވޭނީ މިނިވަން އޮޑިޓެއްހިންގާފަ އެކަމުގެ ވެފައޮތް އިހުމާލު ދަނެ އަޅަންޖެހޭ ފިއަވަޅު އެޅިގެން އަދި ބޭރުގެ ރަގަޅުކުންފުޏަކަށް ހިއްސާދެވި ސަރުކާރު ދުރައްޖައްސާލެވި ތަނުގެ މުއަޒަފުންގެ ރޭވުންތެރިކަމާ ހިންގުތެރިކަން އިތުރުވެވިގެން ބަސްގަބޫކުރެވޭ ކަހަލަބަޔަކު ތިބެގެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު