Saturday, 15 June 2024

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެ

ޕާކު ކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހިގެން ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓްގައި ނިޔާވީ މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، މިމަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ޕާކްކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ.  އެޒުވާނާ ނިޔާވެފައިވަނީ  އިއްޔެގެ ވަގުތެއްގައެވެ.

އެކްސިޑެންޓްގައި އެޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވި ނަމަވެސް، މިއަދާއި ހަމައަށް އެޒުވާނާއަށް ފަރުވާ ދެމުން އައިސްފައިވަނީ ހާލު ސީރިއަސް ވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގީ ވަރަށް ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކްކޮށްފައިވާ އިމިގްރޭޝަންގެ ވޭނެއްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނި އެރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ފޭސް 1 ގެ ގުއްލަލާ ހިނގުމުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ.

މި ހާދިސާގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވޭނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު