7 ފެބުރުވަރީ 2025
އެމްއޯޔޫގައި ސޮއިކުރުން ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަންއިން ހުޅުވާލާފައިވާ މުވައްޒަފުންގެ ސްކީމްގައި މުލަކަތޮޅުގެ ބައެއް ރަށްރަށުން ބައިވެރިވެއްޖެ

މ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިސް ނެގުމުގެ މަތިން ކައުންސިލްތަކާއި ރަށުގެ އެހެން އިދާރާތަކުގެ މުވައްޒަފުން ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ބައިވެރިކުރުމަށް ފަށާފައިވާ ހަރަކާތުގެ ތެރެއިން މ. މަޑުއްވަރި ކައުންސިލާއެކު އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މ. މަޑުއްވަރި ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެމްއޯޔޫގައި މަޑުއްވަރި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސާ ޙައްވާ އިލްހާމާއެވެ.

އެމްއޯޔޫގައި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލަކުން އިސްނަންގަވައިގެން އަަތޮޅު ލެވެލްގައި މިފަދަ ހަރަކާތެއް ފެއްޓެވި ފުރަތަމަ އަތޮޅަކަށް މުލަކު އަތޮޅު ވެގެންދިއުން އެއީ އަތޮޅަށް ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއް ކަމަށެވެ.

އަދި މުލަކުއަތޮޅު ރަތްމަންދޫ ކައުންސިލާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ދެމެދު، މުވައްޒަފުންގެ ސްކީމް މެދުވެރިކޮށް ޙައްޖަށް ރަޖިސްޓްރީ ވުމުގެ ފަހުމުނާމާގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ.

ހަމައެހެންމެ، މުލަކައަތޮޅު ވޭވަށު ކައުންސިލާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ދެމެދު ، މުވައްޒަފުންގެ ސްކީމް މެދުވެރިކޮށް ޙައްޖަށް ރަޖިސްޓްރީ ވުމުގެ ފަހުމުނާމާގައި ވަނީ ސޮއި ކުރައްވާފައެވެ.

އެ އެމްއޯޔޫގެ ސަބަބުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންދޭ ހިދުމަތްތައް ހޯދުމަށް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމަކީ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން "މުވައްޒަފުންގެ ސްކީމް" ގައި ބައިވެރިވެ ހައްޖަށް ދިއުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރައިން މުވައްޒަފު ހުއްދަކުރާ މިންވަރެއް އުނިކުރުމަށްފަހު އެ އުނި ކުރި ފައިސާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ޖަމާކުރެވިގެންދާ ސްކީމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު