Thursday, 20 June 2024
ރައީސުލްޖުމްހޫރިއްޔާ ބ. އޭދަފުށްޓަށް ވަޑައިގަތުން

ސަރުކާރުގެ ސިޔާސަތަކީ ކަނބަލުން ބާރުވެރިކުރުން، އެކަމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ކަނބަލުން ބާރުވެރިކުރެއްވުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ދ.މީދޫ، އާސްޓްރާ، ފަރިޔާޟް ޙުސައިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެތޯ ފަރިޔާޟް ޙުސައިން ވަނީ ރައީސަށް ސުވާލެއް ދަންނަވާފައެވެ.

އޭނާގެ ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަޙްނިޔާ ފޮނުއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ކަނބަލުންނަކީ ބާރުވެރިކުރެވިފައިވާ ބަޔަކަށް ހެދުންކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުވާ، މަސައްކަތް ކުރެވޭނެ ގޮތް ޤާނޫނުތަކަށް އިސްލާޙް ގެނެސްގެން ކުރިއަށް ގެންދިޔުމަށް ގަސްތުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު