12 ފެބުރުވަރީ 2025

ރޯދަމަހަށް ސަރުކާރުން ހަދިޔާކުރައްވާ ހަނޑޫ އަދި ފުށް މިއަދު ދޫކުރަން ފަށަނީ

ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރައްވާ ހަނޑޫ އަދި ފުށް ދޫކުރާ ގަޑިތައް މާލޭ ސިޓީ ކައުންސިލުން އާންމުކުރައްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް މިހާރު އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިގޮތުން މިކަމަށް އެކަށޭނަ މުދާ މިހާރުވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައެވެ.

އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިންނެވެ.

މުދާދޫކުރުން ރޭވިފައިވާ ގޮތް:

  • މާލޭސަރަހައްދުގައި މުދާ ދޫކުރާނީ މާލޭސިޓީ ކައިންސިލް ބެލުމުގެ ދަށުންނެވެ.
  • މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން 16 މާރިޗް 2024 (ހަތްދުވަހުގެ ނިޔަލަށެވެ). މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެއެވެ.
  • ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައިވަނީ 06 މާރިޗު 2024އިން ފެށިގެންނެވެ.. އަދި އެމުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު ކައުންސިލުންނެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަނިއެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރއަށް ބެލުމަށްފަހުއެވެ.

ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް، ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދިއުމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

މުދާދޫކުރާ ގަޑިތައް:

  • މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.
  • ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މިކަމަށްޓަކައި މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަ ތަނެއް ގާއިމް ކޮށްފައިހުންނާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގައި ގާއިމް ކުރެވޭ ތަންތަން ތިރީގައި މިވަނީއެވެ.

ގަލޮޅު ދަނޑު މާލެ
އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
ސޯޝަލް ސެންޓަރ
ބިއްރި މިސްކިތް ހޯލް ވިލިމާލެ
އުމަރު ޒާހިރު ބިލްޑިންގ ހުޅުމާލެ ފޭސް-1
ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ ހުޅުމާލެ ފޭސް-2

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު