Saturday, 15 June 2024

ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯދައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ކުރެންދޫ ބިމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޅ. ކުރެންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ކުރެންދޫ ޙަބަޝީ ޕްރީސްކޫލުގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނާއި ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމާއި އިތުރު ހައުސިންގ ޔުނިޓްއެޅުމާއި އިޤުތިޞާދީ މަންފާ ހޯދުމަށް ކައުންސިލަށް ރަށެއް ހަމަޖައްސަވައިދެއްވުމުގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢި ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކުރެންދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު