ޕޮލިސް ކޯރޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް

ޕޮލްކޯގެ ސީއީއޯއަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް

ފުލުހުންގެ ކުންފުނި، ޕޮލިސް ކޯރޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް އައްޔަންކޮށްފިއެވެ. މިއީ ޕޮލްކޯ ހިންގުމުގެ އެންމެ އިސް ވެރިޔަކަށް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ ތެރޭ ނުހިމެނޭ ފަރާތެއް އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް އަކީ ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް މަސައްކަތް ކުރައްވާފައިވާ އަދިވެސް ޚިދުމަތުގައި ދެމިހުންނެވި ފަރާތަކެވެ. އަދި ޝަރީޢާ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރައްވާ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރޒް ޙާސިލް ކުރައްވާފައިވެއެވެ. އަދި އަނީސް އަކީ ފުލުހުންގެ ތަހުޤީޤީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން ތަޙުޤީޤީ ދާއިރާއިން ދިވެހި ބަހުން ލިޔެ ޝާއިޢު ކޮށްފައިވާ ހަމައެކަނި ފޮތް ލިޔުއްވާފައިވަނީވެސް އަނީސް އެވެ. ފުލުހުން ތަމްރީން ކުރުމުގައި ޕޮލިސް އެކަޑަމީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ އަނީސް އަކީ ފުލުހުންގެ އިތުބާރު ހޯއްދަވާފަވާ ފަރާތެކެވެ.

މި މަޤާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު އަނީސް އައްޔަން މި ކުރީ އެ މަޤާމް ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުގައެވެ. އަދި ފުލުހުންގެ ފްލެޓްތައް ނުނިމި 12 އަހަރަށް ވުރެވެސް ގިނަދުވަސްވެ، ޕޮލްކޯގެ ހާލަތާއި މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. "ދިވެހި ބަހުން ލިޔެ ޝާޢިރު ކޮށްފައިވާ" މި ޖުމުލައިގައި މިއޮތް "ޝާޢިރު" އަކީ އެތަނުގައި ބޭނުންކޮށްފައިވާ ރަނގަޅު ލަފުޒެއް ނޫން. އެތަނުގައި ލިޔަންޖެހޭނީ "ޝާއިޢު" (ޝާއިޢު ކޮށްފައިވާ). "ޝާޢިރު" ގެ މާނައަކީ، ޅެންވެރިޔާ (ޅެމާއި ލަވަ ފަދަ ތަކެތި ހަދާ މީހާ). ފޮތް ނުވަތަ އެކި ކަހަލަ ލިޔުންތައް ޗާޕުކޮށްގެން ނެރުމަށް ކިޔަނީ "ޝާއިޢުކުރުން".

  2. ތިޔަ ކުންފުނި ހެދިފަހން ޕޮލިހުންގެ ތެރޭގަ ކޮރޮޕްޝަން އިތުރުވެ ނާޖާއިޒުމަންފާ ނެގުންގިނަވެ ވަކިބަޔަކު މުއްސަދިވެއްޖެ ޕޮލިސް ފުލެޓްތަށް ހެދުމގެ ނަމުގަ ދިވހިރައްޔިތުންނެ ޓެކްސް ފައިސާ މަޅަނީ ތިޔަމުއަށްސަސާ ގެ ހަލާކު ތީ އަވަހަށް އުވާލާ

    1
    1

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު