ބާޒާރުގައި ލުނބޯ އަގުބޮޑުވުމާ ގުޅިގެން އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ވިދާޅުވީ، ބާޒާރުގައި ލުނބޯ އަގުބޮޑުވުމާ ގުޅިގެން ރަމަޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ. ބާޒާރުގައި މިހާރު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 65 ރުފިޔާއިން މަތީގައެވެ.
އެސްޓީއޯއިން ވިދާޅުވީ ލުނބޯ ކިލޯއެއްގެ ވިއްކަން ހަމަޖެހިފައިވާ އަގަކީ 50 ރުފިޔާ ކަމަށެވެ.
އަދި 25 ކިލޯގެ ބަސްތާއެއްގެ އަގަކީ 1175 ރުފިޔާ ކަމަށެވެ. ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.