Wednesday, 19 June 2024

އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ހުކުރުކުރާނެ

އަންނަ ހުކުރުދުވަހު މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދުކުރާނީ އަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަމްރީނުކުރި ޒުވާން ޚަޠީބުންކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

 ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމައި، އެ ޕްރޮގުރާމް ނިންމި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފައިވެއެވެ.

އެ މިނިސްޓްރީން މި ޕްރޮގުރާމް ހިންގާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގުރާމުގައި ބައިވެރިވި ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުނަރުތަކާއި އިމާމުވެ ނަމާދުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމައި ތަމްރީނުވި ޚަޠީބުންނަށް ސަނަދު ހަވާލުކުރުމާ ގުޅިގެން މިއަދު އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ކަމަށެވެ.

"ޒުވާން ޚަތީބުން މި އަންނަ ހުކުރުގަ މާލޭ ސިޓީ ބައެއް މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ގުރޭޑް 10 އިން ފެށިގެން މަތީ ގުރޭޑުތަކުގައި ކިޔަވާ ކުދިންނާއި ސުކޫލު ނިންމާފައިވާ ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދޫކުރުމަށް ޑރ.ޝަހީމުގެ އިސްނެންގެވުމަށް ހިންގި ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވައިލި ފުރުސަތުގައި ބައިވެރިވާން އެދުނު 160 ކުއްޖަކާ އިންޓަވިއުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު