މަސް މެރިނޭޓްކުރުމަށް ބޭނުންވާ ތަކެތި:
- 453 ގްރާމް މަސް (ބޭނުން ވައްތަރެއްގެ)
- 1 ސައި ސަމުސާ ލުނބޯ ހުތް
- 1 ސައި ސަމުސާ ލޮނުމެދު ޕައުޑަރ ނުވަތަ މުގުރި ލޮނުމެދު
- 1 ސައި ސަމުސާ ފިޔާ ޕައުޑަރ ނުވަތަ މުގުރި ފިޔާ
- 1 ސައި ސަމުސާ ތެޅިމިރުސް
- ½ ސައި ސަމުސާ ލޮނު ނުވަތަ ހެޔޮވަރު ވަރަށް
މަހުގަ ކުނޑިލުމަށް ބޭނުންވާ ތަކެތި:
- 2 ކުކުޅު ބިސް
- 1 ޖޯޑު ނުވަތަ ކުޑަކޮށް އިތުރުކޮށް ފާރޮށި ކުނޑި (ޕަންކޯ ކްރަމްބް ވެސް ރަނގަޅު)
- ½ ތަށި ގޮދަން ފުއް
- 2 ސައި ސަމުސާ މިކްސް ހާރބް ނުވަތަ 1 ސައި ސަމުސާ ހިކި ބެސިލް ނުވަތަ ޕާސްލީ (ބޭނުން ނަމަ)
- 2 ސައި ސަމުސާ މުގުރި މިރުސް ނުވަތަ އަސޭމިރުސް
- ¼ ސައިސަމުސާ ލޮނު ނުވަތަ ހެޔޮވަރު މިނަށް
ތެލުލުމަށް:
- ½ ލީޓަރ ކުކިންގ އޮއިލް
މަސް ނެރިނޭޓް ކުރައްވާނެގޮތް:
- މަސް ރަނގަޅަށް ސާފުކޮށް ދޮއެލައްވާ އެއަށްފަހު ކިޗަން ޕޭފަރަކުން ރަނގަޅަށް ފެން ހިއްކާލައްވާ.
- "2 (ދެ އިންޗި) ދިގުމިނަށް ކޮށްޓަވައި ބަހައްޓަވައި.
- ކޮށްޓެވި މަސްކޮޅުގެ ތެރެއަށް ލުނބޯހުތާއި، ފިޔާ، ލޮނުމެދު، މުގުރި މިރުސް އަޅުއްވާ މަޑު މަޑުން އެއްކޮށް ލައްވާ ރީތިކޮށް އަތުރާލައްވާފައި ބަހައްޓަވާ.
މަހުގައި ކުނޑިލެއްވުމަށް:
- 3 ބޯތަށި ބަހައްޓަވައި، އެއް ތައްޓަށް ބިސް ތަޅުއްވާފައި އަޅުއްވާ އަދި ހަމަ އެހެންމެ އަނެތް ތައްޓަށް ފުއްކޮޅު އަޅުންވާ ދެން ހުރި ބޯތައްޓަށް ފާރޮށިކުނޑި، މިކްސް ހާރބް ނުވަތަ ސީޒަނިންގ، މިރުސް އަދި ލޮނު އަޅުއްވާ އެއްކޮށްލައްވާ.
- ފަހަރަކު މަސް ކޮޅެއް ފުރަތަމަ ފުށަށް ދެން ބިހަށް އެއަށްފަހު އެއްކޮށްފައި ހުރި ފާރޮށި ކުނޑިއަށް ލައްވަވާ ކުޑިލައްވާ މިގޮތަށް ހުރިހާ މަސްކޮޅުތަކެއް ތައްޔާރު ކުރައްވާ.
- ތައްޔާރު ކުރައްވާފައި ހުރި މަސް ފަހަރަކު 4 ނުވަތަ 5 އެތިކޮޅު ހޫނުކުރައްވާފައި ހުރި ތެލުގައި ތެލުލައްވަވާ.
ނޯޓް: ތައްޔާރު ކުރައްވާފައި ހުރި ފިޝް ފިންގާރސް ހޫނުކޮށް ހުއްޓާ މީރުވާނެ. ލުނބޯ، ސޯސް ނުވަތަ މަޔޯ ޑިޕް އަކާއި އެކުވެސް ތައްޔާރު ކޮށްލެވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ. ޑާރވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.