16 ފެބުރުވަރީ 2025

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް

1445 ވަނަ އަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އިސްލާމިކް މިިނިސްޓްރީ ހާމަކުރައްވައިފިއެވެ.

އެގޮތުން 1445 ވަނަ އަހަރު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭ ޕްލެޓްފޯމުތައް:

  • ބަނޑޭރި ޕޭ
  • ބީ.އެމް.އެލް
  • އެމް.އައި.ބީ
  • ފަހިޕޭ
  • ދިރާގު
  • އުރީދޫ

މާލެ ސަރަހައްދުގައި ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ 12 މާރިޗުން 28 މާރިޗަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:30 – 13:00 އަށެވެ. އަދި 31 މާރިޗުން 09 އޭޕްރިލަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 – 14:00 އަށެވެ.

މާލޭގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް ގައެވެ.

އަތޮޅުތަކުގައި ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ އެރަށެށްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިންނެވެ.

އޮންލައިން ޕޯޓަލްތަކުން ބޭނުން ރަށަކަށް ފިޠުރުޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

  • ބަނޑޭރި ޕޭ
  • ބީ.އެމް.އެލް
  • އެމް.އައި.ބީ
  • ފަހިޕޭ
  • ދިރާގު
  • އުރީދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު