މާލޭގެ މިސްކިތްތަކުގައި ހުކުރުކުރުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންނާ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަޒީރު ޒުވާން ޚަތީބުންނާ ބައްދަލުކުރައްވާފައިވާއިރު، އަންނަ ހުކުރުދުވަހު މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދުކުރާނީ އަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަމްރީނުކުރި ޒުވާން ޚަޠީބުންކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމައި، އެ ޕްރޮގުރާމް ނިންމި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފައިވެއެވެ.
އެ މިނިސްޓްރީން މި ޕްރޮގުރާމް ހިންގާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގުރާމުގައި ބައިވެރިވި ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުނަރުތަކާއި އިމާމުވެ ނަމާދުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ނިންމައި ތަމްރީނުވި ޚަޠީބުންނަށް ސަނަދު ހަވާލުކުރުމާ ގުޅިގެން މިއަދު އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނީ އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ކަމަށެވެ.
ގުރޭޑް 10 އިން ފެށިގެން މަތީ ގުރޭޑުތަކުގައި ކިޔަވާ ކުދިންނާއި ސުކޫލު ނިންމާފައިވާ ޒުވާނުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދޫކުރުމަށް ޑރ.ޝަހީމުގެ އިސްނެންގެވުމަށް ހިންގި ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވައިލި ފުރުސަތުގައި ބައިވެރިވާން އެދުނު 160 ކުއްޖަކާ އިންޓަވިއުކޮށްފައިވެއެވެ.
ގުޅުންހުރި:
އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި އަލަށް ތަމްރީނުކުރި ޒުވާން ޚަޠީބުން ހުކުރުކުރާނެ