Saturday, 15 June 2024

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ޑީޕޯޓުކުުރުމުގެ މަސައްކަތް ފަށައިފި

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ރާއްޖެއަށް ނާދެވޭގޮތަށް ޑިޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ކަޅުބާޒާރުގައި ފުޅާދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި، މ.ސްޓަރ ކްލައުޑްސް ޢިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން ބަލާފައިވާކަމަށް އިމިގްރޭޝަނުން  ވިދާޅުވެއެވެ.

އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް އެންޑް ލީގަލް އެފެއަޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މީގެ ތެރޭގައި ސައްޙަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު