Wednesday, 19 June 2024
ނުވަދިހައިގެ އަހަރުތަކުގައި ބޭނުންކުރި ހެލިކޮޕްޓަރެއް، އަދި އެމް.އެން.ޑީ.އެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވި ޖަލްސާގައި ރައީސް މުޢިއްޒު، އާޓްވޯކް: ފިޔަ

އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ހެލިކޮޕްޓަރެއް އިތުރުކުރަނީ

މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކޮށް ހެލިކޮޕްޓަރެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި، އަންމޭންޑް އޭރިޔަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އެމް.އެން.ޑީ.އެފް.ގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހެލިކޮޕްޓަރުގެ ޚިދުމަތް ފަށްޓަވާނެކަމަށާއި، އެ ޚިދުމަތުގެ ތެރެއިން އެއް އުޅަނދު އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކުރައްވާނެކަމަށާއި، މިއާއެކު އެއަރ އެމްބިއުލާންސްގެ ގޮތުގައި 3 އުޅަނދު ބޭނުންކުރަން ފެށޭނެކަމަށާއި އެކަމުގެ ޤާބިލުކަންވެސް ލިބިގެންދިޔަ ކަމަށެވެ.

"މެޑިކަލް އިވެކުއޭޝަންގައިވެސް އަމިއްލަ ބާރުވެރިކަން ބޭނުން ކުރަން ނިންމީ. އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހެ ހާލަތުގައި އެހީތެރިކަން ހޯދާނީ. މިކަހަކަ ކަންކަމަކީ އަމިއްލަ ބާރުވެރިކަން އޮންނަން ޖެހޭކަންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފް.ގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

އެއާރ އެމްބިއުލާންސްގެ ޚިދުމަތަށް ހެލިކޮޕްޓަރު ހޯދުމަށް ނިންމަވާފައިވާކަން ރައީސް ރޭ ހާމަކުރެއްވިއިރު، ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ. މި ޚިދުމަތުގެ ތެރެއަށް މިހާރު އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭންވެސް ބޭނުން ކުރަން ފަށާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޚިދުމަތުގައި ހެލިކޮޕްޓަރުވެސް ބޭނުން ކުރަން ފެށުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އެއަ އެމްބިއުލާންސް ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޑޭޝް-8 މަރުކާގެ ބޯޓަކާއި ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭނެކެވެ.

1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު