ބޭނުންވާ ތަކެތި:
1 ފިޔާ މެދުމިނުގެ ކުދިކޮށް ކޮށާފައި
2 ޓޯމާޓޯ ކުދިކޮށް ކޮށާފައި ނުވަތަ 2 މޭޒު މަތީ ސަމުސާ ޓޮމާޓޯ ޕިއުރީ
1 -2 ތޮޅިމިރު ކުޑަކޮށް ފަޅާފައި
1 މޭޒުމަތީ ސަމުސާ ޗަސްކުރައްވާފައި ހުރި އިނގުރާއި
1 މޭޒުމަތީ ސަމުސާ ޗަސްކުރައްވާފައި ހުރި ލޮނުމެދު
15 ވަރަކަށް ކެޝޫނަޓް ½ ތަށި ހޫނުފެނުގައި ފެނުލައްވާ ބްލެންޑްކޮށްފައި ނަޓް ބޭނުމިއްޔާ) ނުވަތަ
½ ޖޮޑު އޮލަ ކާށިކިރު
¾ ޖޯޑު ކެރެޓް ކުދިކޮށް ކޮށާފައި
½ ނުވަތަ ¾ ޖޯޑު ފްރޯޒަން ޕީޒް
½ ޖޯޑު ފެހި ތޮޅި ކުދިކޮށް ކޮށާފައި
¼ ޖޯޑު ސްވީޓްކޯން
1 މެދު މިނުގެ އަލުވި ކުދިކޮށް ކޮށާފައި (ހޫނު ފެންފޮދެއްގައި ބަހައްޓަވާ ނުވަތަ ކުޑަކޮށް ކައްކަވާ ލައްވާ)
1 ½ ޖޯޑު ކޯލީފްލަވަރ (މެދު މިނަށް ނައްޓާފައި)
¾ ސައި ސަމުސާ ކަޝްމީރީ ޗިލީ ޕައުޑަރ ނުވަތަ ހެޔޮވަރު މިނަށް
1 ސައި ސަމުސާ ލޮނު ނުވަތަ ހެޔޮވަރު މިނަށް
1 މޭޒުމަތީ ސަމުސާ މުގުތި މެތީ ލީފް
ކޮރިއެންޑަރ ފަތް ކުދިކޮށް ކޮށާފައި (ބޭނުމިއްޔާ)
1 ސައި ސަމުސާ ގަރަމް މަސާލާ (ރަހަ މީރު ހަވާދެއްވެސް ބޭނުންކުރެވިދާނެ)
*(ހަވާދު ބޭނުން ނުކުރައްވާނަމަ)
8/1 ސައިސަމުސާ ރީދޫ
1 ނުވަތަ 1 ½ ސައިސަމުސާ މުގުރި ކޮތަބިރި
1 ސައި ސަމުސާ މުގުރި ދިރި
½ ސައި ސަމުސާ ނުމުގުރާ ދިރި
1 ބޭލީފް (ނުވަތަ ހިކަނދިފަތް)
3 ކާފޫރު ތޮޅި
1 އިންޗި ފޮނިތޮށި ކޮޅެއް
2 ނުވަތަ 3 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރައްވާނެ ގޮތް:
- ތަވަޔަކަށް ތެޔޮ އަޅުއްވާ ނުމުރާ ދިރި، ކާފޫރު ތޮޅި، ފޮނިތޮށި އަދި ބޭލީފް ނުވަތަ ހިކަނދިފަތް އަޅުއްވާ މީރުވާންފެއްޓުމުން އެއަށް ފިޔާ އަދި ރޯމިރުސް ކޮޅު އަޅުއްވާ ފިޔާކޮޅު ރަތްވަންދެން މީރުކޮށްލައްވާ.
- އިގުރާއި ލޮނުމެދު އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ މުގުރި ބާވަތްތަކުގެ ހަވާދު އަޅުއްވާ އަދި ލޮނުވެސް އެއްކޮށްލަވާ ޓޮމާޓޯކޮޅު އަޅުއްވާ ކައްކަވާ.
- މި މިކްސް ތެޔޮވަކިވާގޮތްވަންދެން ކައްކަވާ އެއަށްފަހު ކެޝޫނަޓް ޕޭސްޓް ނުވަތަ ކާށިކުރު އަޅުއްވާ (ކިރު ނުވަތަ ކެޝޫނަޓް ކްރީމް 2 މޭޒުމާތީ ސަމުސާ ވަރު ފަހުން އަޅުއްވަން ބަހައްޓަވާ)
- މަޑުގިނީގައި ހުރިހާ ތަރުކާރީއެއް އަޅުއްވާ މަޑުވަންދެން މަތިޖައްސަވާ ކައްކަވާ.
- 2 ނުވަތަ 3 މިނިޓް ކެއްކުމުން 1 ޖޯޑު ހޫނުފެން އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ މަޑުވަންދެން ކައްކަވާ ކުޑަކޮށް ދިޔާކުރައްވަން ބޭނުންފުޅުވާނަމަ އަދި ހޫނު ފެންފޮދެއް އަޅުއްވާ.
- ބޭނުން މިނަށް ތަރުކާރީ މަޑުވުމުން ގަރަމް މަސާލާ އަޅުއްވާ ނަމަ އަޅުއްވާ މެތީ ކޮޅުވެސް އަޅުއްވާ ލޮނުހެޔޮވަރު ކޮށްލައްވާ.
- ނިންމާ ލައްވަމުން ބެހެއްޓެވި ކާށިކިރު ނުވަތަ ކެޝޫނަޓް ޕޭސްޓް އަދި ކޮރިއެންޑަރ ފަތްކޮޅު އަޅުއްވާ ލައްވާ.
ނޯޓް: މި ރިހަ ހެއްދެވުމަށް އަމިއްލަ އިޚްތިޔާރީ ތަރުކާރީ ކޮޅެއްވެސް ބޭނުންކުރެއްވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ. ޑާރވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.