30 އެޕްރީލް 2025
އެމް.އެން.ޑީ.އެފް.ގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި

"ރައީސް ލިޔުއްވީ ދިވެހި ތާރީޚުގައި ފަނޑުވުމެއްނެތި ވިދާނެ ސަފުހާއެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފަނޑުވުމެއްނެތި ވިދާނެ ރަނުގެ ސަފުހާއެއް ލިޔުއްވާފައި ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ މިހެން ވިދާޅުވެފައި ވަނީ އެމްއެންޑީ އެފްގެ އެއަރކޯ އަދި އަންމޭންޑް އޭރިއަލް ޑުރޯން އިފްތިތާހު ކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދުރޭ ވިދާޅުވީ ދިވެހީންގެ ރާއްޖޭގެ އިއްޒަތްތެރި ރައީސް ޑރ. މުއިއްޒު ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ދުވަހަކު ފަނޑުވުމެއްނެތި އަބަދަށް ވިދާނޭ ރަނުގެ ސަފުހާއެއް ލިޔުއްވައިފި ކަމަށެވެ.

"ތިޔަ ދެއްކެވީ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބީގެ މަތިވެރިކަން. ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިސްކަން. ޝުކުރިއްޔާ ދިވެހީންގެ ރައީސް ޑރ. މުއިއްޒު." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަންތަކަށް ޚާއްސަ ބޭސްއެއް ގާއިމުކުރަން ސިފައިން ވަނީ ނިންމައިފައެވެ. ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ބަލަހައްޓާނީ ސިފައިންގެ ބޭނުންތަކަށް އަސްކަރީ ޑްރޯން ގަންނަން ތުރުކީގެ ސަރުކާރާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގެނައި "ބައިރަކްތާރު ޓީބީ2″ގެ ދެ ޑްރޯން ބޭނުން ކޮށްގެންނެވެ.

ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 27 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު