Saturday, 12 October 2024
ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި

ހަށި ވިއްކުން ޕްރޮމޯޓް ކުރަން ޓެލެގްރާމް ގްރޫޕެއް، މީހުން އުފުލަން ވަކި ޓެކްސީއެއް، ފައިސާ ދެ މިލިއަނަށް!

ޓެލެގްރާމް ޗެނަލްތައް ހަދައިގެން ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި، ޓެލެގްރާމްގެ ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، އެކަމުގެ ތުހުމަތުގައި މި މަހުގެ 6 ވަނަ ދުވަހު އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށާއި، އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

ފުލުހުން ބުނިގޮތުގައި ޖަޒީރާގެ ޗެނަލްތަކުން ހިދުމަތް ހޯދަން އެ ތަންތަނަށް ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު މެސެޖު ކުރެ އެވެ. އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.

ނިއުސް ކޮންފަރެންސްގައި ދެއްކި ޕްރެޒެންޓޭޝަނުން އެނގުނު ގޮތުގައި، އެ ޗެނަލް ހިންގާތާ މިވީ އަހަރެއްގެ ތެރޭގައި، ޖަޒީރާ އެންމެ ކުރިއަރާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމުގައި ފާހަގަވި އެއް ޓްރެންޑަކީ، ޗެނަލް އެންމެ އެކްޓިވްކޮށް ހިންގާފައިވަނީ މެންދުރު 1:00-3:00 އާ ދޭތެރޭގައި ކަމެވެ.

އެންމެ ގިނައިން އިޝްތިހާރު ކޮށްފައިވަނީ، އެ ޕްރެޒެންޓޭޝަނުން ދައްކާގޮތުގައި ބަނގުރާގެ ބާވަތްތަކާއި ފޯޖަރީކޮށްގެން ހަދާފައިވާ މެޑިކަލް ސެޓްފިކެޓާއި ހަޝިޝް ތެޔޮ އަދި ހަށިވިއްކުމާ ގުޅޭ ކަންކަމެވެ.

އާމިނަތު ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭރުގެ އެކި ގައުމުތަކުން ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، އެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގަ އެވެ. އޭގެ އިތުރުން، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ޓެކްސީއެއް ވެސް މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް އާމިނަތު ވިދާޅުވި އެވެ.

މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލް ކަމަށް އާމިނަތު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު