Tuesday, 18 June 2024

ޑާރވިން ބަދިގެ: ވެޖިޓަބަލް ފްރައިޑް ރައީސް

ބޭނުންވާ ތަކެތި:

3 ޖޯދު ކައްކާފައި ހުރި ބަތް

1 ޖޯޑު މިކްސް ތަރުކާރީ (ކެރެޓް، ކެބެޖް، ލީކްސް،ގްރީން ޕީޒް، ސްވީޓް ކޯން،ބެލްޕެ ޕަރ، ބްރޮކޯލީ) ބޭނުން ބާވަތްތަކެއް އެއްކުރެވިދާނެ ނުވަތަ ފޮރޯޒަން ޕެކެޓްވެސް ބޭނުން ކުރެއްވިދާނެ

1 ފިޔާ

1 މޭޒުމަތީ ސަމުސާ ލޮނުމެދު ޗަސްކޮށްފައި ނުވަތަ ކުދިކުދި ކޮށް ކޮށާފައި (ބޭނުމިއްޔާ)

1 މޭޒުމަތީ ސަމުސާ އިގުރު ޗަސްކޮށްފައި ނުވަތަ ކުދިކުދި ކޮށް ކޮށާފައި (ބޭނުމިއްޔާ)

ލޮނު ހެޔޮވަރު މިނަށް

އަސޭމިރުސް ޕައުޑަރ ހެޔޮވަރު މިނަށް

2 ކުކުޅު ބިސް (ބޭނުންމިއްޔާ)

3 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް ނުވަތަ އާދައިގެ ކުކިންގ އޮއިލް

3 – 4 ސައި ސަމުސާ ސޯއި

ތައްޔާރު ކުރައްވާނެގޮތް:

  1. ބިސް އަޅުއްވާނަމަ ތައްޓެއްގައި ގިރުއްވާ ބަހައްޓަވާ.
  2. ތަވައެއް ހޫނުކުރައްވާ އެއަށް ތެޔޮ ފޮދެއް އަޅުއްވާ ހޫނުވުމުން ތަރު ކާރީ ފިޔާ އަޅުއްވާ މަޑުވެލަންދެއް ކައްކަވާ އެއަށް ފަހު ލޮނުމެދު އަޅުއްވާ ހަމަ ސްޓަރ ފްރައި ކުރައްވާ އަދި މި ތަރުކާރީ ކޮޅު ތަވާގެ އަރި އަރިއަށްވާ ގޮތަށް ކައިރިއަށް ޖައްސާލެއްވުމަށްފަހު ގިރުއްވާފައި ހުރި ބިސްކޮޅު ތަވާގެ މެދަށްއަޅުއްވާ ސްކްރެމްބަލް ބިސް ގޮތަށް ހައްދަވާ ތަރުކާރީ ތަކާއި އެއްކޮށްލައްވާ.
  3. އެއަށް ފަހު މި ތަރުކާރީ މިކްސް ގެ ތެރެއަށް ބަތް ސޯއި ސޯސް ކޮޅުވެސް އަޅުއްވާ ރަނގަޅަށް މަޑު ގިނީގައި އެއް ކޮށް ލައްވާ.

ނޯޓް: ކުޅިކުރައްވަން ބޭނުން ފުޅިއްޔާ ކޮށާފައި ހުންނަ ގިތެޔޮމިރުސް/ރޯމިރުސް/ތަޅިމިރުސް ވެސް ބޭނުން ކުރެވިދާނެ. ސޯއި ސޯސް އާއި ލޮނު ގެ ބަދަލުގައި ސްޓޮކް ޕައުޑަރ ނުވަތަ ކިއުބް ލޮނުހެޔޮވަރު މިނަށް އެޅުއްވިދާނެ.

ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ. ޑާރވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު