9 ފެބުރުވަރީ 2026

އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަޙުމާން މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު