ފަލަސްތީނުގެ ނަސްރަށްއެދި ކުރާ ދުޢާ، ޚުތުބާ އިން އުންޏެއް ނުކުރޭ: މިނިސްޓަރު

ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާ އިން އުނިނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ހުކުރު ޚުތުބާ އިން އެ ދުއާ މިދިޔަ މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާތީ އެވެ. މިނިސްޓަރު ޝަހީމު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުރު ހުތުބާއެއްގައި މެދުނުކެނޑި ނެތި އަންނަ ކަމަށެވެ.

އިއްޔެގެ ހުކުރު ހުތުބާގައި ވެސް އެ ދުއާ ހިމެނުނު ކަމަށާއި، އެ ދުއާ އުނކުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހުކުރަށް ނުދާ ހާލު، ޚުޠުބާ އަޑުވެސް ނާހާ ބަޔަކަށް ޚުޠުބާގަ ކިޔާ އެއްޗެއްވެސް ނުކިޔާ އެއްޗެއްވެސް ނޭނގޭނެ. އަނގައެއް އޮތީތީ ތަޅުވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު