އެސްޓީއޯ ހެޑް އޮފީސް، ފައިލް ފޮޓޯ

އެސްޓީއޯ ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއް ކުޅެގެން ނުވަތަ ފޮޓޯއެއް ނައިގެން 5،000ރ. ގެ އިނާމެއް

އެސްޓީއޯ ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއް ކުޅެލައިގެން ނުވަތަ ފޮޓޯއެއް ނަގައިގެން އިނާމެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ފަށައިފި އެވެ.

އަންނަ އޭޕްރީލް ނުވަވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވުމަށް:

  • އެސްޓީއޯ ހެޑް އޮފީހުގެ ރީތި ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކަށް ޕޯސްޓްކޮށްލަންވީ
  • އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް.
  • ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއްވެސް ކުޅެލެވިދާނެ

އެސްޓީއޯ އިން ބުނީ، އެ ގިފްޓް ވައުޗަރުން އެ ކުންފުނީގެ ކޮންސްޓްރަކްޝަންސްގެ ކޮންމެ އައުޓްލެޓަކުންވެސް 5000 ރުފިޔާގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ.

މިއީ މި ރޯދަ މަހު މާލެ ވަށާ ފިނިބުރު ޖަހަން ނުކުންނަ މީހުން ވާދަކުރަން ރަނގަޅު މުބާރާތެކެވެ. މީގެ އިތުރުން އެސްޓިއޯގެ ފަރާތުން ރޯދަ މަހަށް ހާއްސަ ރަމަޒާން ބާޒާރުވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު