ބޭނުންވާ ތަކެތި:
އަލުވި މަޑުކުރެއްވުމަށް:
- 500 ގްރާމް އަލުވި ( މެދުމިނުގެ 5 ނުވަތަ 6 އަލުވި)
- ½ ސަމުސާ ލޮނު (އަލުވި މަޑުކުރުމަށް)
- ފެން ފެނުކެއްކުމަށް ބޭނުންވާ ވަރަށް
އާލޫ ޖިރާ ތައްޔާރުކުރެއްވުމަށް ބޭނުންވާ ތަކެތި:
- 3 މޭޒުމަތީ ސަމުސާ ތެޔޮ
- 3 ސައިސަމުސާ ނުމުގުރާ ދިރި
- 2 ނުވަތަ 3 ރޯމިރުސް (ކުދިކޮށް ކޮށާފައި)
- ½ ސައިސަމުސާ ރީދު
- ½ ސައިސަމުސާ ތެޅިމިސް
- ލޮނު ހެޔޮވަރުމިނަށް
- ¼ ޖޯޑު ކޮރިއެންޑަރ ފަތް
- 2 ނުވަތަ 3 ސައިސަމުސާ ލުނބޯ ހުތް (ނޫނީ ހެޔޮވަރު މިނަށް)
ތައްޔާރުކުރައްވާނެގޮތް:
- އަލުވި މައްޓަވާ ސާފުކުރެއްވުމަށްފަހު ފެނުގައި ލޮނުއަޅުއްވާ މަޑުވަންދެން ކައްކަވާ، ބޮޑެތި ކިއުބް ގޮތަށް ކޮއްޓަވާފައިވެސް ކެއްކެވިދާނެ. ކެކުމުން ނަންގަވާ ބަހައްޓަވާ.
- ތަވައެއް މެދުމިނުގެ ގިނީގައި ތެޔޮ އަޅުއްވާ ހޫނުކުރައްވާ އަދި ދިރިކޮޅު އަޅުއްވާ މަޑު ގިނީގައި ހަނާކޮށްލައްވާ.
- ރޯމިރުސްކޮޅު އަޅުއްވާ ރަގަޅަށް އެއްކޮށްލެއްވުމަށްފަހު އަލުވި އަޅުއްވާ އެއްކޮށްލައްވާ.
- ތެޅިމިރުސް، ރީދޫ އަދި ލޮނު އަޅުއްވާ 2 ނުވަތަ 3 މިނިޓް މަޑުގިނީގައި ކައްކަވާލައްވާ އަދި ލުނބޯ ހުތްކޮޅު އަޅުއްވާ ރަހަހެޔޮވަރުކޮށްލައްވާ.
- ކޮރިއެއްޑަރ ފަތްކޮޅުއަޅުއްވާ އެއްކޮށްލެއްވުމަށްފަހު އުނދުން ނިއްވާ ލައްވާ.
ނޯޓް: ލުނބޯހުތުގެ ބަދަލުގައި އާމްޗޫރ (މެންގޯ ޕައުޑަރ) ބޭނުންކުރެވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.