Wednesday, 19 June 2024

ރައީސް ޑރ. މުޢިއްޒު މައްޗަންގޮޅި އުތުރު ދާއިރާގައި ދޮރުން ދޮރަށް، ކެންޑިޑޭޓަށް ބޮޑު ތާޢީދެއް!

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދަވާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ވެސް ބައިވެރިވެޑައިގެންނެވިއެވެ.

Image

ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާލޭގައި ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ރައީސް ވަނީ ޑޯޓުޑޯ ކުރިއަށް ގެންދަވާފައެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކޮންމެ ބުރާސްފަތި ދުވަހާއި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑޯޓުޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެދުވަސްތަކުގެ މެންދުރު 2:00 އިން 3:00 އަށެވެ. އަދި ބައެއް ހަރަކާތްތައް ރޭގަނޑުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަނުން ބުންޏެވެ. ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްދާނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށްކަމަށް ކޯލިޝަނުން ބުންޏެވެ.
Image
ސަރުކާރު ކޯލިޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިސްކޮށް ހުންނަވައިގެން އިދިކޮޅު އެމްޑީޕީންވެސް ގެންދަނީ މާލޭގައި ޑޯޓުޑޯ އާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

Image

އަންނަމަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އަދި މި އިންތިހާބުގައި 371 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު