ބޭނުންވާ ތަކެތި:
- ½ ކިލޯ ބީފް (ގެރިމަސް)
- 2 ފިޔާ (ތުނިކޮށް ކޮށާފައި)
- ޓޮމާޓޯ (1 ނުވަތ 2 ނޫނީ 4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް)
- 1 މޭޒުމަތީ ސަމުސާ އިގުރު (ޗަސްކޮށްފައި)
- 1 މޭޒު މަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)
- ލޮނު ހެޔޮވަރު މިނަށް
- 1 ނުވަތަ 2 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ނޫނީ ހެޔޮވަރު މިނަށް)
- ½ ސަމުސާ ގަރަމް މަސާލާ
- 5 ނުވަތަ 6 ކޯނި ހިކަނދިފަތް
- 4 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރައްވާނެ ގޮތް:
- ޕްރެޝަރ ކުކަރ އެއްގައި ކައްކަވާނަމަ ހިކަނދިފަތް ފިޔަވާ ތެހޮއަޅުއްވާ އެހެން ހުރިހާ ތަކެއްޗެއް އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ ރަނގަޅަށް މަތިބާރުކުރައްވާ ކުކަރ 3 ވިސްލް ނުވަތަ ޕްރެޝަރ އަޑު އިވެންދެން ކައްކަވާ ޕްރެޝަރ ދިއުމުން މަތިނަންގަވާ މަޑުވިތޯ ބައްލަވާ.
- އެއަށް ފަހު ތަވައަކަށް ތެޔޮ ފޮދެއް އަޅުއްވާ ހިކަނދި ފަތް އަޅުއްވާ ކުޑަކޮށް މުރަނަވަންދެއް ބަހައްޓަވާ ކެކިފައި ހުރި ބީފް އަޅުއްވާ އެއްކޮށް ހިކެންދެން ކައްކާލައްވާ.
ނޯޓް: ޕްރެޝަރ ކުކަރ ގައި ނޫންނަމަ ތަވައަކަށް ތެޔޮ އަޅުއްވާ ހޫނުވުމުން ނަންބަރ 1 ގައި ވާ ގޮތަށް ހުރިހާ ތަކެއްޗެއް އަޅުއްވާ މަތިޖައްސަވައި މަޑުވަންދެން ކައްކަވާ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.